އޮފީސްތެރެއިން ބައިވެރިޔަކު އިހުތިޔާރު ކުރާނަމަ، ދެމީހުންގެ ލޯބީގެ ގުޅުން ދަމަހައްޓާނެ ގޮތް

އޮފީހަށް އަލަށް ރީތި އަންހެންކުއްޖަކު ނުވަތަ ހިތްއެދޭ ކަހަލަ ފިރިހެންކުއްޖަކު ވަންނަ އިރަށް އެތަނެއްގައި އުޅޭ ވެރިން ނުވަތަ މުވައްޒަފުން، އެކުއްޖަކާ ރައްޓެހިވެވޭތޯ މަސައްކަތްކުރެއެވެ. އެކުއްޖެއްގެ ހިތް ފަތަހަކޮށް އެކުއްޖަކީ ތިމާގެ ހަޔާތުގެ ވަގުތީ ނުވަތަ ދާއިމީ ބައިވެރިޔަކަށް ހެދޭތޯ ބަލައެވެ. ބައެއް ކުދިން އޮފީސް މާހައުލުން ލޯބިވެރިޔާ އިހުތިޔާރު ކުރަނީ އުޅެން ފަސޭހަޔަކަށެވެ. އަނެއް ބައިކުދިންނަށް ބޭ އިހުތިޔާރުގައިވެސް ތިމާ ގަޔާވާ ހިތްކިޔާ، ކުއްޖަކު ވެއްޖިއްޔާ ލޯބިވެވޭގޮތް ވެގެން ދެއެވެ. މި ގޮތަށް އަލަށް އޮފީހާއި ގުޅޭ ކުދިން އޮފީސް ތެރެއިން ބައިވެރިޔަކު އިހުތިޔާރު ކުރާނަމަ، އެކަން ކުރުމުގެ ކުރިން ވިސްނަށް ޖެހޭ ބައެއް ކަންތައް ހުރެއެވެ.

ތިރީގައި މިވަނީ ސަމާލުކަން ދޭންޖެހޭ ބައެއް ކަންތައްތަކެވެ.

  1. އުޅޭ އޮފީހެއްގައި ހެދިފައި ހުރި އުސޫލުތަކާއި ގަވާއިދު ތަކަށް ވިސްނުން؛ ތިމާ އުޅޭ އޮފީސް ތެރެއިން ލޯބީގެ ގޮތުން އެހެން މުވައްޒަފުންނާއި ގުޅިގެން އުޅުމުގެ ހުއްދަ އޮތްތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. ފުރަތަމަ ބައިވެރިޔަކު އިހުތިޔާރު ކުރުމުގެ ކުރިން މިކަންތަކާއި ވިސްނުމަކީ ވަރަށް މުހިންމުކަމެކެވެ. ބައެއް އަމިއްލަ އޮފިސް ނުވަތަ ކުންފުނިތަކުގައި ތަނުގެ ތެރެއިން ހަޔާތުގެ ބައިވެރިޔަކު އިހުތިޔާރު ކޮށްގެން ޒަވާޖީ ހަޔާތެއް ފެއްޓުމަކީ މަނާކޮށްފައި އޮންނަ ކަމެކެވެ. މިގޮތަށް އުޅޭ އޮފީހަކުން ނުވަތަ ކުންފުނިން މިކަން ކުރުމަށް ތަންނުދޭ ނަމަ އެކަންތައް ކުރުމުން ދުރުހެލިވާށެވެ. އެހެން ނޫނީ ވަޒީފާ ދޫކޮށްލަން ޖެހިދާނެ ނުވަތަ ތިމާއި ދޭތެރޭގައި ޑިސިޕްލިނަރީ ފިޔަވަޅެއް އަޅާފާނެއެވެ.
  2. އޮފީސް މާހައުލުގައި ރައްޓެހިވެގެން އުޅޭއިރު ވަރަށް ޕްރޮފެޝަނަލް ކަމާއި އެކު އުޅުން؛ އޮފީސް ތެރެއިން ކުއްޖަކާ ރައްޓެހިވުމުން އެންމެ ރަނގަޅު ކަމަކީ ގިނަ ވަގުތު އެކުއްޖަކާ އެކު ވަގުތު ހޭދަކުރަން ލިބުމެވެ. މިކަމުގައި އެންމެ ނުރަނގަޅު ގޮތަކީ އަބަދު ކުރިމަތިން ފެނުމުން، މަސައްކަތަށް ބުރޫ އަރާގޮތްވުމެވެ. އޮފީސް ތެރެއިން ކުރާ މަސައްކަތަކާއި ގުޅިގެން ކަމެއް ހައްލުކުރުމަށް ދެބަސް ވުމަކަށް ދާންޖެހުނަސް، ޕްރޮފެޝަނަލް ކަމާއި އެކު މިކަން ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެކެވެ. ރުޅި އައިސްގެން ދެމީހުން އޮފީސްތެރޭގައި ޒުވާބު ނުކުރާށެވެ.
  3. އާންމުންގެ ތެރޭގައި ދެމީހުން ގައިގޯޅިވެގެން ނޫޅުން؛ އެއް އޮފީހެއްގައި މަސައްކަތް ކުރާ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނަސް، މީހުން ތިބޭ ތަންތަނުގައި ބައްދާ، ކިސްކޮށް ނުހަދާށެވެ. މިކަން ކުރާނަމަ، ކުރުމަށް އެންމެ ރަނގަޅީ ދެމީހުން އެކަހެރިކޮން ތިބޭ ވަގުތު އެހެން މީހުންނަށް ނުފެންނަ ތަންތަނުގަ ނުފެންނަ ގޮތަށެވެ.  
  4. ދެމީހުންވެސް އަހުލާގާ ސުލޫކު ހިފެހެއްޓުން؛ ކުންފުނި ނުވަތަ އޮފީހުގެ ފަރާތުން ބާއްވާ ޕާޓީ ތަކަށް ދެމީހުން ކައިވެނިކޮށްގެން ނޫޅޭނަމަ، އެކުގައި ނުދާށެވެ. ތިމާ ވަށައިގެން އެތައް ބަޔަކު ތިމާ އުޅޭގޮތް ބެލުމަށް ހުންނާނެއެވެ. މިކަމުގެ ސަބަބުން މީހުންގެ ކުރިމަތީގައި ތިމާ އަގުވެއްޓޭ ގޮތް ވެގެން ދާނެއެވެ.
  5. މިކަމުގެ ސަބަބުން ވާނެ ގެއްލުމާއި މެދު ވިސްނުން؛ މިކަމުން ވާ ފައިދާ އާއި މެދު ވިސްނާހެން ފަހުން މިކަމުން ތިމާއަށް ވާނެ ގެއްލުމާއި މެދުވެސް ވިސްނާށެވެ. ހަޔާތުގެ ބައިވެރިޔާއަށް ވުރެ، ތިމާ އަދާކުރާ ވަޒީފާ އަކީ އެހާ މުހިންމު ކަމެއްގެ ގޮތުގައި ނުދެކެވޭ ގޮތް ވާތަންވެސް އަތުވެދާނެއެވެ. މިހެން ވެއްޖެނަމަ މަސައްކަތަށް ފަރުވާ ކުޑަވެގެން ވަޒީފާއިން ވަކިކުރާ ތަން އަތުވެދާނެއެވެ. ބައެއް ފަހަރު އޮފީސް ތެރެއިން ބައިވެރިޔަކު އިހުތިޔާރު ކުރުމުން އިތުރަށް ކުރިއަށް ދިއުމަށް މަގުފަހިވެގެން ހިގައި ދާނެއެވެ. ވީމާ، މިކަމާއި މެދު އިތުރަށް ވިސްނުމަކީ ވަރަށް މުހިންމު ކަމެކެވެ.

... މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް

Leave a Reply

Your email address will not be published. Required fields are marked *