ކުދިން ގައިގައި ނުބައި އާދަ ހަށަގަންނަނީ ކީއްވެ؟

ކުދިންނަށް ރިވެތި އާދަ ދަސްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ގިނަ ކުދިންނަކީ އެކުދިން ހެދި ބޮޑުވަމުން އަންނައިރު ބޮޑާހާކާ، އެކުދިންނާއި ދިމާލަށް އެއްޗެކޭ ބުނުމުން އެކަމަށް ރައްދުދީ އަދި އެކުދިން ޢަމަލުކުރުމަށް ހެދިފައި ހުންނަ ބައެއް އުސޫލުތަކަށް ތަބާވުމަށް އިންކާރު ކޮށް ހަދާކުދިންނެވެ. މިފަދަ ކަންތައްތަކަކީ އެކުދިން ހެދިބޮޑުވާ ކަމުގެ އަލާމަތެވެ. އަދި ބައެއް ހާލަތްތަކުގައި ކުދިންނަކީ ކަންކަމުގައި އާދަޔާ ހިލާފަށް ބޮޑާހާކާ ރުޅިގަދަ ކޮށް ހަދާ ކުދިބައެކެވެ. މިފަދަ ކަމެއް ކުދިން ކުރާނަމަ އެކަމަކާއި އަޅާނުލާ ދޫކޮށް ނުލާށެވެ. މިގޮތަށް ގިނަފަހަރު ކަންތައްތައް ކުރަނީ ކުދިންގެ ބެލެނިވެރިން އެކުދިންނާއި މުހާތަބު ކުރާ ގޮތުންނެވެ. ފުރަތަމަ ކަމެއް ވެގެން އުޅޭގޮތް ރަނގަޅަށް ވިސްނާލުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭގެ ފަހުގައި އެކުދިންނަށް އެކަންތައް އޮންނަ ގޮތާއި އެކަމުގެ ހައްލު ބުނެދޭށެވެ.

ކުދިންގައިގައި ނުބައި އާދަ އަށަގަތުމަށް ދިމާވާ ބައެއް ސަބަބުތައް ތިރީގައި މިވަނީއެވެ.

  1. ކުދިންނާއި ބެލެނިވެރިންގެ މެދުގައި އޮންނަ ގުޅުން ކުޑަވުން؛ މިއަދުގެ މި މާހައުލުގައި ގިނަފަހަރަށް ބެލެނިވެރިންނަށް ހަމަޖެހިލައިގެން ކުދިން ދައްކާ ވާހަކަ އަޑުއަހާލަން އެކުދިންނަށް އެކަށީގެންވާ ވަގުތު ދޭތަނެއް ނާދެއެވެ. މިހެން ވުމުގެ ސަބަބުން ކުދިންނަށް ދިމާވާ ކަންތައްތަކަކީ ކޮބައިކަން ގިނަފަހަރަށް ބެލެނިވެރިންނަށް އޮންނަނީ ނޭގިފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ކުދިން ގޯސްކަންތައް ކުރަން އާދަވެގެންދެވެ. މިކަން ބެލެނިވެރިންނަށް އެގޭއިރަށް އޮންނަނީ އެކަމުގެ ވަގުތު ފާއިތުވެފައެވެ.
  2. ބެލެނިވެރިންގެ ފަރާތުން ކުދިންނަށް ތަފާތު ޕްރެޝަރުތައް ކުރުވުން؛ ބޭނުމެއްނެއް ކަންތައް ހާސިލު ކުރުމަށްޓަކައި ކުއްޖާގެ އުމުރު ފުރައާއި ނުގުޅޭ ތަފާތު ޕްރެޝަރުތައް ކުއްޖާއަށް ކުރިމަތި ކުރުވުމުގެ ސަބަބުން ކުއްޖާއަށް ތަފާތު ނަފްސާނީ މައްސަލަތައް ދިމާވާ ގޮތް ވެގެންދެއެވެ. ބައެއް ބެލެނިވެރިން އެއްބަސް ނުވުމުގެ ސަބަބުން ކުދިންނަށް، އެކުދިން އެންމެ ކުރަން ބޭނުންވާ އިތުރު ހަރަކާތްތަކުގައި ބައިވެރި ވެވޭގޮތް ނުވެގެން ދެއެވެ. މިކަމުގެ ސަބަބުން އެކުދިންގެ ހެދިބޮޑުވުމަށްވެސް ތަފާތު ހުރަސްތައް އެޅިގެންދެއެވެ.
  3. ކުދިންނާއި އެކަށީގެންނުވާ ފަދަ ތަފާތު ފިލްމުތަކާއި ނުވަތަ މަންޒަރުތައް އެކުދިންނަށް ޓީ.ވީ އިން ފެނުން؛ މިހާރަކަށް އައިސް ގިނަ ކުދިން ދުވާލަކު 3 ނުވަތަ 4 ގަޑިއިރު ޓީ.ވީ ބެލުމުގައި ހޭދަކުރެވެ. މީގޮތަށް ޓީ.ވީ ކައިރީގައި ކުއްޖާ ހޭދަކުރާއިރު އެކުއްޖާގެ އުމުރާއި ނުގުޅޭ އެތައް މަންޒަރުތަކެއް ކުދިންނަށް ފެންނަގޮތް ދިމާވެގެންދެއެވެ. ގިނަ ޓީ.ވީ ޕްރޮގްރާމު ތަކަކީ ހަޑިހުތުރު ބަސްތަކާއި ތަޅާފޮޅާ މަންޒަރުތައް ހިމެނޭ ޕްރޮގްރާމުތަކެވެ. މިފަދަ ކަންތަކުގެ ސަބަބުން ކުދިންނަށް ތަފާތު ނޭދެވޭ އަސަރު ކުރާގޮތްވެގެންދެވެ.
  4. ކުދިންނަށް ތަފާތު އަނިޔާލިބުން؛ މީގެ ތެރޭގައި ޖިސްމާނީ ނަފްސާނީ އަދި ޖިންސީ ހާނިކަ ހިމެނެވެ. މިފަދަ ކަމެއް ދިމާވެގެން އުޅޭ  ކަމުގެ ނިޝާންތައް ކުދިންގެ ފަރާތުން ފެންނަ ނަމަ ވީހާވެސް އަވަހަކަށް ކުދިންނާއި ވާހަކަ ދައްކާ އެކުދިން ނަށް ވެގެން އުޅޭ ގޮތެއް ސާފުކުރުމުގެ އިތުރުން މިފަދަ ކަންކަމުގެ ފަރުވާއާއި ލަފަޔާ އަދި އިރުޝާދު ދޭމީހުންގެ އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.
  5. ސިއްހީގޮތުން ނުރަގަނޅު އާދަ ނުވަތަ ކަންތައް ގޭތެެރެއިން ފެނުން؛ މީގެ ތެރޭގައި ހިމެނޭ ކަންތައް ތަކުގެތެރޭގައި ގޭތެރެ ސާފުތާހިރުކޮން ނުބެހެެއްޓުމާއި އަދި ތޮއްޖެހިފައިވާ މާހައުލެއްގައި ގިނަ މީހުން އުޅުން ހިމެނެވެ. މީގެ އިތުރުން ކުދިން ކުރިމަތީގައި ބެލެނިވެރިން ހަޑިހުތުރު ބަހުން ޒުވާބު ކުރުމާއި އެކަމުގެ ރުޅީގައި ކުދިންނަށް އަޅާނުލުން ހިމެނެވެ.
  6. އާއިލާގެ ގުޅުން ހީނަރު ވެގެން ދިއުން؛ މީގެ ތެރޭގައި ދެމަފިރިން ވަކިވެގެން ދިއުމާއި މައިން ބަފައިން ގެ ފަރާތުން ކުދިންނަށް އެކަށީގެންވާ އަޅާލުން ނުލިބުން ހިމެނެވެ. މިކަމުގެ ސަބަބުން ކުދިންނަށް ތާފާތު ނޭދެވޭ އަސަރުތައް ކުރާގޮތް ވެގެންދެވެ.
  7. ކުދިންނަށް ބޭނުންވާ ފުރިހަމަ ނިދި ކުދިންނަށް ނުލިބުން؛ ކުދިން ނިދާއިރު ޓީ.ވީ ބެލުމާއި އަދި ކުދިން ނިންދަވާ އިރު އެކުދިންއަތަށް ފޯނު ފަދަ ތަކެތި ދީ ހެދުމަކީ އެކަމުގެ ސަބަބުން ކުދިންގެ ނިންޖަށް ތަފާތު ނުރަގަޅު އަސަރު ކުރުވާ ކަމެކެވެ. މިކަމުގެ ސަބަބުން ކުދިންނަށް އެކަށީގެންވާ ނިދި ނުލިބުމުން މިކަމުގެ ނަތީޖާއެއްގެ ގޮތުން ކުއްޖާއަށް ތަފާތު ނުރަގަޅު އަސަރުތައް ކުރާގޮތް ވެގެން ދެއެވެ.
  8. ކުދިންނަށް ސިއްހަތަށް ގެއްލުންހުރި ކާތަކެތި ދިނުން؛ މީގެ ތެރޭގައި ޖަންކު ފުޑު ހިމެނެވެ. ތަރުކާރީއާއި މޭވާ ބޭނުން ކުރުމުގެ ބަދަލުގައި ކުއްޖާއަށް ސިއްހަތަށް ގެއްލުންހުރި ކާނާ އަބަދު ދިނުމަކީ އެކުދިންގެ ސިއްހަތަށް ނުރަނގަޅު އަސަރުތައް ކުރުވާ ކަމެކެވެ. މީގެ ތެރޭގައި އަބަދު ހެން ކުއްޖާއަށް ބާގަރ އަދި ޕިއްޒާ ފަދަ ތަކެތި ދިނުމާއި އަދި ކުއްޖާ އަށް ފްރެޝް ފުރުޓް ޖޫސްގެ ބަދަލުގައި ފިޒީ ޑްރިންކްސް ދިނުން ހިމެނެވެ.
  9. ކުދިންގެ ހެދިބޮޑުވުމަމުން އަންނައިރު އިރު އެކުދިންނާއި ގުޅޭ ރަނގަޅު އާދަތައް ކުދިންނަށް ދަސްކޮށް ނުދިނުން؛ ކުދިންނަށް ރަނގަޅު އާދަތައް ދަސްކޮށް ނުދިނުމުގެ ސަބަބުން ކުދިންނަށް ދަސްވަމުން ދާނީ ގޯސް ކަންތައްތައް ކުރާށެވެ. އެއީ ކުއްޖާއަށް ކަމެއްގައި އޮންނަ އެންމެ ރަނގަޅު ގޮތް ނޭގޭތީއެވެ.

މީގެ އިތުރުން ވެސް ކުއްޖާއަށް މީގިނަ އިރުވަންދަން އިންޓަރ ނެޓް ބޭނުން ކުރުން ހިމެނެވެ. ގިނަ ވަގުތު ނެޓް ބޭނުން ކުރާނަމަ ކުއްޖާ ބަލަނީ ކޮން އެއްޗެއްތޯއާއި އަދި ކުއްޖާ ކިޔާ ހަދަނީ ކޮންކަހަލަ އެއްޗެއްތޯ ބަލާ ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ.  

... މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް

Leave a Reply

Your email address will not be published. Required fields are marked *