ދެމީހުންގެ މެދުގައި އުފެދިފައިވާ ލޯބީގެ ގުޅުން މުޅިއުމުރަށް ދަމަހައްޓާނީ ކިހިނެއް؟

ދެމީހުންގެ މެދުގައި އުފެދިފައިވާ ލޯބި މުޅިއުމުރަށް ނުވަތަ ދިގުމުއްދަކަށް ދަމަހައްޓާނެ ގޮތުގެ ސިއްރު އިގެން ބޭނުންތަ؟ ފަހުގެ ދިރާޘާ އަކުން ދައްކާގޮތުގައި މިގުޅުން ދެމެހެއްޓުމަށްޓަކައި ހަތަރު ދާއިރާއަކަށް ވިސްނައިގެން މަސައްކަތްކުރެވިދާނެއެވެ.

ބައެއް މީހުންބުނެ އުޅެ ” މިވެނި މީހަކު ނުވަތަ އަހަރެން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައިވެރިޔާއާއެކު އެހާ އުފަލެއްގައި ނޫނެވެ. ” މިގޮތަށް މިހެން ދިމާވަނީ ކީއްވެ؟ ދެމީހުންގެ މެދުގައި އޮންނަށްޖެހޭ ގުޅުން އެންމެ ރަނގަޅަށް ނެތުމުންނާއި، އެކަކު އަނެކަކަށް ކުރަންޖެހޭ އިތުބާރު ނުކުރުމުންވެސް މިހެން ދިމާވެދާނެއެވެ.

ތިރީގައި މިވާ ހަތަރު ދާއިރާއަށް ވިސްނައިގެން މަސައްކަތްކޮށްފިނަމަ ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ލޯބީގެ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރެވިދާނެއެވެ.

  • ދެމީހުންގެ ދެމެދުގައިވާ ގުޅުމަށް އިހުތިރާމުކޮށް އެގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރުން؛ މިގުޅުން ވަރަގަދަ ކުރުމަށްޓަކައި ތިމާގެ އެކި އިހުސާސްތައް ބޭނުންކޮށްގެން ކޮންމެ ދުވަހަކުވެސް މިގުޅުން ދެމެހެއްޓުމަށް ބޭނުންވާ ކާނާ ހޯދުމަށް މަސައްކަތްކުރެވިދާނެއެވެ. ހަޔާތުގެ ބައިވެރިޔާ އެންމެ ބޭނުންވަނީ ކޮންކަމެއް ކުރަންކަން ދެނެގަންނާށެވެ. އެކަމަކީ ތިމާ އެހާ ގަޔާވާކަމެއް ކަމުގައި ނުވިޔަސް އެކަންތައްތަކުގައި ބައިވެރިވެ އެއީވެސް މުހިންމު ކަމެއްކަމުގައި ދެކޭށެވެ. މިސާލަކަށް ބުނާނަމަ ކުރަން ބޭނުންވާ ވަރަށް މުހިންމު ކަމެއް އޮވެދާނެއެވެ. އެކަމެއް ކުރުމަށްޓަކައި ހުސްވަގުތު ބޭނުންވެދާނެއެވެ. ބައިވެރިޔާވެސް އެކަނިވެލާ އަމިއްލަކަންތައް ކޮށްލަން ބޭނުންވާވަގުތު ތަކުގައި އުދަގޫނުކުރާށެވެ. ތިމާ އެންމެ ބޭނުންވަނީ ކޮންކަމެއް ކުރަންކަން ހަޔާތުގެ ބައިވެރިޔާއަށް ވިސްނައިދޭށެވެ. މިކަން ދެނެގަންނަށް އުދަގޫވާނަމަ ވިސްނުމަށްޓަކައި އިތުރަށް ވަގުތު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
  • ދެމީހުންގެ ދެމެދުގައިވާ ގުޅުން އަތުން ބީވިޔަނުދީ ބާރަށް ހިފަހައްޓަން މަސައްކަތްކުރުން؛ އެކަކު އަނެކަކު ލޯބިން ބައްދާލުމާއި ލޯބިން ގައިގޯޅިވެ އުޅުމަކީ މިކަންތައް ދެމެހެއްޓުމަށް ކުރެވިދާނެކަމެކެވެ. ދެމީހުން ކައިވެނި ކުރުމަށްފަހު، ހަނީމު ނިމުމުން މިގޮތަށް ދެމީހުންގެ މެދުގައި އޮންނަ ގުޅުން ދުރުވެގެން ދާގޮތްވެއެވެ. ކޮންމެ ރެޔަކު ދެމީހުން އެކުގައި ރޭކުރުމުގެ ކަންތައް މަދުވެގެންދާގޮތްވެއެވެ. މިހެންވެގެން ދެމީހުން އެކަކު އަނެކަކުގެ ގައިގާ ލޯބިން ބައްދާލުމަކީ ވަރަށް މުހިންމުކަމެކެވެ. މިގޮތަށް މިކަންތައް ކުރުމުން ދެމީހުންގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ބޭނުންވާ ހޯމޯން އިތުރުވެގެންދެއެވެ. ދެމީހުން އެކަނިވެލާ ކޮންމެ ފަހަރަކުވެސް މިގޮތަށް ލޯބި ކޮށްލެވިދާނެއެވެ. ނުވަތަ ޓީ.ވީ ބެލުމަށްޓަކައި ދެމީހުން ތިބޭވަގުތު ގައިގޯޅިވެގެންވެސް ތިބެވިދާނެއެވެ.
  • ވިޔާފާރިކުރުމަށް ވަގުތު ބޭނުންވާހެން ލޯބީގެ ގުޅުން ވަރުގަދަ ކުރުމަށް ވަގުތު ހުސްކުރުން؛ ދެމީހުންގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކުގައި ވަގުތު ހޭދަކުރުމަކީ މުހިންމުކަމެކެވެ. ތިމާގެ ވިޔާފާރި ފުޅާކޮށް ވަރުގަދަ ކުރުމަށް އިތުރަށް ފައިސާ ހޭދަކުރާހެން މިގުޅުން ވަރުގަދަ ކުރުމަށްވެސް ދެމީހުންއެކުގައި ވަގުތު ހޭދާކުރާށެވެ. ދެމީހުން އެކަނި އެކުގައި ބޭރަށް ދިއުމަކީވެސް ކުރެވިދާނެކަމެކެވެ. ދެމީހުން އެކުގައި ކުރާ މިފަދަ ކަންތައްތަކަކީ ފަހުން މާޒީގައި ދިމާވެފައިވާ އުފާވެރި ކަންތައްތަކުގެ ވާހަކަދައްކާއިރު އެކަމަށް ތިރުވެގެންދާ ކަމެއްގެ ގޮތުގައިވެގެންދާނެއެވެ. ދެމީހުން އެކުގައި ހޭދަކުރުމަށް ގިނަވަގުތު ނުލިބޭނަމަ ދެމީހުން ބައްދަލުވާ ކޮންމެ ފަހަރަކު ހަތަރުކަޅި ބައްދަލުކޮށްލައިގެން ހުރެ އެކަކުއަނެކަކާ ދިމާލަށް އެއްމިނެޓް ވަންދެން ބަލާލާށެވެ. މިގޮތަށް މިކަންތައްކުރުމަކީވެސް އިތުރަށް ގުޅުން ހަރުދަނާވެގެންދާނެކަމެކެވެ.
  • ދެމީހުންގެ ލޯބީގެ ގުޅުން ފުރަތަމަ ފެށުނު ދުވަސް ފާހަގަކުރުން؛ މިއީވެސް ދެމީހުންގެ ދެމެދުގައިވާ ލޯބީގެ ގުޅުން ހަރުދަނާ ކުރުމަށް ކުރެވިދާނެކަމެކެވެ. މިސާލަކަށް ބުނާނަމަ ދެމީހުން އެކަނިތިބެ ހިތްހަމަޖެހޭ ހިތްގައިމު މާހައުލެއްގައި ކެއުމަކަށް އިންސާފުކޮށްލަންވެސް ދެވިދާނެއެވެ. އަދި އެކަކު އަނެކަކަށް އެމީހަކު އެންމެ ބޭނުންވާ ހަދިޔާ ބަދަލުކުރެވިދާނެއެވެ. މިގޮތަށް އެކަނި ހޭދަކޮށްލާ ވަގުތުތަކުގައި ދެމީހުން އެކުގައި ފޮޓޯނެގުމަކީވެސް ވަރަށް މުހިންމު ކަމަކެކެވެ. މިކަމީ ފަހުން މާޒީ ހަދާންކޮށް މިފަދަ ވާހަކަތައްކާއިރު ތިމާއަށް ލިބިފައިވާ ކުދިންނަށްވެސް ދައްކާލަން ބެހެއްޓިދާނެ އެއްޗަކަށް ވެގެން ދާނެއެވެ. ލޯތްބާއި އަޅާލުމާއި އޯގާތެރި ފިރުމުންތަކަކީ ލޯބީގެ ގުޅުން ދަމަހައްޓައިދޭ ކާނާއެވެ.

... މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް

Leave a Reply

Your email address will not be published. Required fields are marked *