ލޯބީގެ ބަހުން ފަރިތަކަމާއެކު ވާހަކަ ދައްކަން އިނގޭތަ

ލޯބީގެ ބަހުން ( ނުވަތަ ހަރަކާތުން ) ވާހަކަ ދައްކަން ބޭނުންވާނަމަ ފަސްކަމެއްގެ މައްޗަށް ސަމާލުކަން ދޭންޖެހެއެވެ. މީގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ތަފާތުމަރުހަލާތުގައި ނުވަތަ ކުރިމަތިވާ ތަފާތު ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ކޮލެޓީ ވަގުތުއާއި، ހަދިޔާ ދިނުން ނުވަތަ ހަދިޔާ ބަދަލުކުރުމާއި، ޚިދުމަތުގައި ދެމިހުރުމާއި އަދި އެކުގައި އުޅުން ނުވަތަ ވަރަށް ގާތްކޮން ހަޔާތުގެ ބައިވެރިޔާއާއި އެކު އުޅުންހިމެނެއެވެ.

ނޭގިނަމަވެސް ބައެއް މީހުން އެހެން މީހުންނަށް ލޯބިވާކަން ހާމަކުރެއެވެ. ނަމަވެސް އެ ލޯބި ރައްދުވާ ފަރާތަށް އެކަން ދެނެގަންނާކަން ނޭގެއެވެ. މިސާލަކަށް ބުނާނަމަ، ތިރީގައި މިވާ ކަންތައްތަކަކީ ލޯބިވާކަން ހާމަކޮށްދޭ ބައެއް ކަންތައްތަކެވެ. ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ވަކިވުމެއް ނެތް ގުޅުން އިތުރަށް ދަމަހައްޓައިދޭ އެއްޗެއްގެ ގޮތުގައި ރީތި މާބޮޑިއެއް ހަދިޔާކުރުން ހިމެނެއެވެ. މީގެ އިތުރުން ފިރިހެން މީހާއަށް ރައްދުވާ ގޮތަށް ބުނެލާ ހިތްވަރުގެ ބަސްތަކާއި، ފިރިމީހާއަށްޓަކައި ގޭގައި ކައްކާފައި ހުންނަ މީރު ކާތަކެއްޗަކީ ދެމީހުންގެ ގުޅުން އިތުރަށް ބަދަހިވެގެން ދާކަމެކެވެ.

ތިމާ ލޯބީގެ ބަސް ދަސްކުރަން ބޭނުންވާނަމަ، ތިމާއަކީ ކާކުކަން ބައިވެރިޔާއަށް ދަސްކޮށްދިނުމަށް އެހީތެރިވާށެވެ. ދެމީހުންވެސް އެކަކު އަނެއްކަކު ރަނގަޅަށް ދަސްވެއްޖެނަމަ އުފެދިފައިވާ ލޯބީގެ ގުޅުން ބަދަހިވެގެން ދާނެއެވެ. މިގޮތުން ލޯބީގެ ބަސް ދަސްކުރަން ބޭނުންވާނަމަ، ތިމާގެ ބައިވެރިޔާ ތިމާއަށް ކޮށްދޭ ކަންތައްތަކާމެދު ވިސްނާ ފިކުރުކުރާށެވެ. ގިނަމީހުން ލޯބިވާކަން ހާމަކަރަނީ އެމީހުންގެ އަމަލުން، އެކަން ރައްދުވާ ފަރާތް ވިހާވެސް ފަސޭހައިން ގަޔާވެގެން ދެނެގަންނާނެ ހެންނެވެ.

ބައެއް މީހުން ލޯބި ހާމަކުރުމަށްޓަކައި ނޫންގޮތަކަށް ބޭނުންވާ ކަންތައްތަކާމެދު ޝަކުވާ ކުރާނެއެވެ. ހުށަހަޅާފަރާތް ބޭނުންވާ ކަންތައް  ހަޔާތުގެ ބައިވެރިޔާއަށް ފުރިހަމަ ނުކޮށްދެވިއްޖެނަމަ ދެރަވާގޮތްވާނެއެވެ. މިސާލަކަށް ބުނާނަމަ ބައިވެރިޔާ ހީކުރާނީ އޭނަ ބޭނުންވާވަރަށް އެކުގައި ވަގުތު ހޭދަކުރަން ބޭނުން ނުވާކަމަށެވެ. އަދި އަނެއްބަޔަކު ހީކޮށްގެން ހުންނާނީ ތިމާ ލޯބިވާ ކަން ހާމަކުރުމުން އެކަން ވަރަށް ފަސޭހައިން ބައިވެރިޔާއަށް ދޭހަވާނެކަމަށެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. އެކަންތައް ދަސްކުރަން ވަގުތު ބޭނުންވާނެއެވެ. ވިސްނާލީމަވެސް އިގިގެނަދާނެފަދައިން، ފްރާންސް މީހުންނަށް އިނގިރޭސި ބަހުން ދައްކާ ވާހަކަ ދޭހަވެގެންދާނީ، އިނގިރޭސި ބަހުން ދައްކާވާހަކަ ލަސްލަހުން އަޑުހަރުކޮށް ދައްކައިގެންނެވެ. ތިމާވެސް ތަފާތު ލޯބީގެ ބަހުރުވަ ނުވަތަ ހަރަކާތްތައް ގެންގުޅޭނަމަ، ލަސްލަހުން ތިމާގެ ބައިވެރިޔާއަށް ވިސްނޭގޮތަށް ބުނެދިނުމަށް މަސައްކަތްކުރާށެވެ. ފުރަތަމަ ކޮޅުގައި ވަރަށް ބީރައްޓެހި ކަމެއްގެ ގޮތުގައި ދެކޭނެއެވެ. ނަމަވެސް ފަހުން އެކަމަށް އާދަވެގެންދާނެއެވެ.

ލޯބީގެ ބަސް ނުވަތަ ހަރަކާތް ދަސްކުރަން ބޭނުންވާނަމަ، ތިރީގައިމިވާ ކަންތައްތައް ކުރާށެވެ.

  1. ތިމާގެ ބައިވެރިޔާ ކޮށްދިން 10 ކަމެއް ލިޔާށެވެ. މި 10 ކަންތައްތަކަކީ އެކަންތައް ކޮށްދިނުމުން ތިމާއެކަމާއި މެދު ވަރަށް ހިތްހަމަ ޖެހުނު އަދި އުފާވި ކަންތައްތަކެއްގެ ގޮތުގައި ވާންވާނެއެވެ. ހަމަ މިގޮތަށް ތިމާގެ ބައިވެރިޔާގާތުގައިވެސް، ތިމާ އެކަމެއް ކޮށްދިނުމުން ބައިވެރިޔާ އުފާވި އަދި އެކަމާއި މެދު ހިތްހަމަޖެހުނު 10 ކަމެއް ލިޔަން ބުނާށެވެ. މީގެ ތެރެއިން ދެމީހުންގެވެސް އެއްގޮތް ކަންތައް ފާހަގަކުރާށެވެ.
  2. ދެމީހުންނަކީ ވަކިވުމެއްނެތް ދެމީހުން ކަން ހާމަވާގޮތަށް، ލޯބީގެ މެސެޖު، ޅެން ފަދަ ތަކެތި ލިޔެފައި ފޮނުވާށެވެ. އަދި މީގެ އިތުރުން އާންމުން ތިބޭ ތަންތަނުގައިވެސް ލޯބިވާކަން ހާމަކުރާށެވެ.
  3. އެކުގައި ހޭދަކުރަން ލިބޭ ހުސްވަގުތު ވިހާވެސް ރަނގަޅު ގޮތުގައި ބޭނުންކުރުން، މިސާލަކަށް، ދެމީހުން އެކުގައި ހިގާލަންދިއުމާއި، ފިލްމު ބަލަން ދިއުމާއި އަދި ކޮފީއަށްވެސް ދެވިދާނެއެވެ.
  4. ހަދިޔާބަދަލުކުރުން؛ ދެމީހުން އެކުގައި ބާޒާރަށްގޮސް ބޭނުންވާކަހަލަ ހަދިޔާއެއް ނުވަތަ ހެދުމެއް ގަތްދިނުމާއި، ޝައުގުވެރިވާ ކަހަލަ ޝޯއެއް ބަލަން ޓިކެޓް ގަތްދިނުމާއި، ހިތްހަމަޖެހޭ މީރު ކެއުމެއް، ކެއުމަށްޓަކައި ރެސްޓޯރަންޓް އަކަށް ދިއުން ފަދަ ކަންތައް ކުރެވިދާނެއެވެ.
  5. މީރު ކެއުމެއް ބައިވެރިޔާއަށް ތައްޔާރުކޮށްފައި ބެހެއްޓުމާއި އަދި ނުބުނި ކަމުގައި ވިޔަސް ފިރިހެނުންނަށް، ވެސް  ކޮންމެހެން ގޭގައި ކުރަންހުރި މަސައްކަތެއް ހުރިނަމަ އެކަންތައް އަންހެނުންނަށް ކޮށްދެވިދާނެއެވެ.
  6. ބައިވެރިޔާއާއެކު ވީހާވެސް ގާތްގޮތެއް ބެހެއްޓިދާނެއެވެ. އަދި އެކުގައި ދެމީހުން ތިބޭ އިރު ލޯބިން ބޮލުގައި ނުވަތަ ގައިގައި ފިރުމާލުންވެސް ހިމެނެއެވެ.

... މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް

Leave a Reply

Your email address will not be published. Required fields are marked *