އެލިމިނޭޝަން ޑިސްއޯޑަރ

އެލިމިނޭޝަން ޑިސްއޯޑަރ އަކީ އެހާ އާންމު ޑިސްއޯޑަރ އެއް ނޫނެވެ. އެހެންނަމަވެސް، މި ޑިސްއޯޑަރ ހުންނަ ކުޑަކުދިން ފާހާނާ އަށް ދިއުން އުދަގޫވެފައި އަދި ގަޔަށް ބޮޑުކަމު ނުވަތަ ކުޑަކަމު ދެވޭގޮތް ދިމާވެއެވެ. އުމުރުން 05 އަހަރުން މަތީގެ ކުދިން، ޖެހިޖެހިގެން ތިންމަހަށް ވުރެ ގިނަ އިން މި ގޮތަށް ދިމާވާނަމަ، އެކުއްޖަކީ މި ޑިސްއޯޑަރ ހުންނަ ކުއްޖެއްގެ ގޮތުގައި ބެލެވި ދާނެއެވެ.

އެލިމިނޭޝަން ޑިސްއޯޑަރ ގެ ދެވައްތަރެއްވެއެވެ. އެއީ ގަޔަށް ކުޑަކަމުދެވުމާއި ގަޔަށް ބޮޑުކަމު ދެވުމެވެ. މި ދެކަންތަކީވެސް ބައެއް ފަހަރު ކުދިން ގަސްތުގައި އެހެން މީހުންގެ ސަމާލުކަން ހޯދުމަށްޓަކައި ކުރާ ކަންތައްތަކެކެވެ.

ގަޔަށް ބޮޑުކަމު ދެވޭ ކުދިންގެ ފަރާތުން ފެންނަ ބައެއް ކަންތައްތައް ތިރީގައި މިވަނީއެވެ.

  • ކާހިތްނުވުން
  • ދަށްބަނޑުގައި ރިއްސުން
  • ދިޔާކޮށް ފާހާނާއަށް ދެވުން
  • ފުރަގަސް ފަރާތް ހިރުވާގޮތްވެފައި ރަތްވުން
  • އެއްވެސް ކަހަލަ ކުޅިވަރު ހަރާތް ތަކުގައި ބައިވެރިވާ ހިތް ނުވުން
  • އާއިލާގެ މީހުންނާއި އަދި ރައްޓެހިންނާއި އެކަހެރިވެގެން އުޅުން

މިގޮތަށް މިހެން ދިމާވާންޖެހޭ ސަބަބުތަކުގެ ތެރޭގައި ގިނަދުވަސް ތަކެއް ވަންދެން ބަނޑު ހަރުވެގެން އުޅެން ޖެހުން ހިމެނެއެވެ. މި ގޮތަށް ބަނޑު ހަރުވާން ދިމާވާ ސަބަބުތަކުގެ ތެރޭގައި ކަންކަމާއި މާބޮޑަށް ހާސްވެ ފިކުރު ބޮޑުވުމާއި، ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުބޮއެ ހުރުމާއި، ރަނގަޅު ފައިބަރ ހުންނަ ކާނާ ބޭނުން ނުކުރުމާއި، ރަނގަޅަށް ކަސްރަތު ނުކުރުމާއި، ފާހާނާ އަށް ދާންޖެހޭ ވަގުތު ތަކުގައި ފާހާނާ ނުކޮށް ހިފެހެއްޓުމާއި އަދި އެކިއެކި ކަންކަން ދިމާވެގެން އާންމުކޮން ފާހާނާ ކުރަން ޖެހޭ ގަޑީގައި ފާހާނާ ނުކުރެވުން ހިމެނެއެވެ.

އަދި މިހެން ދިމާވާން ޖެހޭ އެހެނިހެން ބައެއް ސަބަބު ތަކުގެ ތެރޭގައި ކުދިން ކުޑައިރު ރަނގަޅަށް ޓޮއިލެޓް ޓްރޭނިންގ ނުކުރުމާއި، ކުއްޖާ ކުޑައިރުގައި މާބޮޑަށް ކަންކަމާއި ހާސްވެ ކަންބޮޑުވެގެން އުޅެން ޖެހުމާއި އަދި އާއިލާއަށް އިތުރު ކުއްޖަކު ލިބުމުން، ކުރިން ކުއްޖާއަށް ދިން ސަމާލުކަން އެއްގޮތަކަށްވެސް ނުދެވުން ހިމެނެއެވެ. އަދި މި ގޮތަށް މިހެން ދިމާވުމުން އެއްވެސް ކަމަކާނުލާ ގަސްތުގައި ކުދިން ފާހާނާ އަށް ދިއުން ހުއްޓާލާ ގޮތް ދިމާވެއެވެ.  

... މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް

Leave a Reply

Your email address will not be published. Required fields are marked *