ކަންކަން ހާސިލުކުރުމުގައި ތިމާއަށް ދިމާވާ ތަފާތު ހުރަސްތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައް

ތިމާކުރިއަށް ދާން ބޭނުންވާ ދާއިރާއަކުން ކުރިއަށް ނުދެވި ހަނދާނެގޮތް ހުސްވެފައި ކިތައް މީހުން ތިބޭތަ؟ މިކަމުގައި ގޮތްހުސްވެ ދެން ކުރިއަށް ނުދެވޭނެކަމަށް ހީކޮށް އިތުރަށް ކުރިއަށްދާން ބޭނުންނުވެފައި ކުރަން ބޭނުންވާ ކަންތައް ހުއްޓާލައިގެން ތިބޭ މީހުންވެސް މަދެއްނޫނެވެ. ތިމާ ހާސިލްކުރަން ބޭނުންވާ ލަނޑުދަޑި ހާސިލުކުރުމުގައި އިތުރަށް ކުރިއަށްދާން ބޭނުންނަމަ އެގޮތެއް ނެތިއްޔާ އަނެއްގޮތެއް އިހްތިޔާރު ކުރާށެވެ. ވަރަށް ގިނަމީހުން އެމީހުން ހޯދަން ބޭނުންވާ ވަޒީފާ ނުލިބުމުން ނުވަތަ ހާސިލް ކުރަން ބޭނުންވާ ކަމެއް ހާސިލް ނުވުމުން ދެން އިތުރަށް އެކަމުގައި ކުރިއަށް ދާންބޭނުން ނުވެފައި ތިބެއެވެ. ބައެއް މީހުން ލޯބިވާ އަނބިމީހާވެސް ދިމާ ކަންކަމުގައި ރުޅިގަދަވެ، އެ ރުޅި އިތުރަށް ކޮންޓްރޯލް ނުކުރެވިގެން ވަރިކޮށްލާތަން އާދެއެވެ. ފަހުން ދެން ދެވަނަ ފަހަރަށް، އެކަމާއި ވިސްނި އެކަން ކާމިޔާބު ކުރަން މަސައްކަތްކުރުމުން އެކަންވެސް ކާމިޔާބު ނުވާތަން އާދެއެވެ.

ތިރީގައި މިވާ ބައެއް ކަންތައްތަކަކީ މި ހުރިހާކަމަކުން ސަލާމަތްވެ ދިރިއުޅުން އިތުރަށް ބާއްޖަވެރި ކުރުމަށް ކުރެވިދާނެ ކަންތައްތަކެކެވެ.

  1. ތިމާގެ ދިރިއުޅުމަށް ނުވަތަ ކުރަން ބޭނުންވާ ކަންތައްތަކަށް ހުރަސް އެޅޭ ކަންތައްތަކަކީ ކޮބައިކަން ދެނެގަތުން؛ އެއްޗެއްގައި ދަބަރު ޖަން މެދުވެރިވަނީ ކޮން ކަމަކުންތޯ ބެލުމުން، އެ އެއްޗެއްގައި ދަބަރު ޖެހުން، ސަލާމަތްކުރުމަށް އިތުރަށް މަސައްކަތް ކުރެވިދާނެއެވެ. މިގޮތުން ތިމާ ކުރިއަށް ދާން ބޭނުންވާ ދާއިރާއިން އިތުރަށް ކުރިއަށްދާން ހުރަސް އެޅެނީ ކޮންކަމަކުންތޯ ބެލުމުން، ދިމާވާ ހުރަސްތަކުން ސަލާމަތްވެ،ބޭނުންވާ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިވެގެންދެއެވެ. ތިމާ އެންމެ ހިތްހަމަޖެހޭ މާހައުލެއް އިހުތިޔާރުކުރާށެވެ. ދެން ކުރިމަގު ބައްޓަން ކުރަން ބޭނުންވާ ގޮތާއި މެދު އިތުރަށް ވިސްނާ އެކަން ދެނެގަންނާށެވެ. ކުރަން ބޭނުންވާ ކަންތަކުގައި ހުރި ގެއްލުމާއި ފައިދާ ދެނެގަންނާށެވެ.
  2. ހުރިހާ އެންމެން ބުނާގޮތަށް ހެދުމުގެ ބަދަލުގައި ތިމާ އަމިއްލަޔަށްވެސް ކަންތައް ހައްލުކުރާނެ ގޮތާއިމެދުވިސްނުން؛ އެކިމީހުން ކަންތައްތައް ކުރަންޖެހޭގޮތް ނުވަތަ ހައްލުކުރަންޖެހޭގޮތް ބުނެދޭނީ އެކިގޮތަށެވެ. މިސާލަކަށް ބުނާނަމަ ހިޔާލުދޭ އެންމެންނަކީ ގޯސްހިޔާލު ނުވަތަ އެކަމުގައި ކަންތައް ކުރަންވީ އެންމެ ރަނގަޅުގޮތް ބުނެދެވޭ ބަޔަކަށް ނުވެދާނެއެވެ. ތިމާ ހުރި ވަޒީފާޔާ މެދު ހިތްހަމަ ނުޖެހި ވަކިވާން އުޅޭ ވަގުތު އެވަޒީފާ އަކީ އެންމެ ރަނގަޅު ވަޒީފާ ކަމާއި އެކަމުގައި ދެމިހުރުމަށް ނުބުނެދެވިދާނެއެވެ. ނުވަތަ ތިމާއަކީ ވަރަށް ނަސީބު ގަދަމީހެއްކަމާއި މިހާރުވެސް ކުރާކަންތައް ކުރުމުގައި ދެމިހުރުމަށް ބުނެދީވެސް ހަދާފާނެއެވެ. ނަމަވެސް މިކަމުގައި ތިމާބޭނުންވާ ގޮތަކީ ކޮބައިކަން އެއްފަހަރު ނަމަވެސް ވިސްނާލިންހެއްޔެވެ. ނުވިސްނާމަ ތިމާ ބޭނުންވާ ގޮތާއި މެދުވެސް އަމިއްލަޔަށް ވިސްނާ އެކަމާއި މެދު ފިކުރު ކުރާށެވެ. މިގޮތަށް ތިމާއަށް ހިޔާލުދޭ މީހުންނަކީ ތިމާއަށް ކިހާ ހެޔޮއެދޭ ބައެއްތޯ ވިސްނާލުމަކީވެސް ވަރަށް މުހިންމުކަމެކެވެ. ތިމާ ހާސިލް ކުރަން ބޭނުންވާ ލަޑުދަޑިއަކީ ކޮބައިކަން ފާހަގަކުރާށެވެ. އެކަމަކުން ތިމާގެ ދިރިއުޅުން އެންމެ އުފަލުގައި ހޭދަކުރެވޭނެ ކަންތައްތަކަކީ ކޮބައިކަންވެސް ފާހަގަކުރާށެވެ.
  3. ތިމާއަށް ދޭ ހިޔާލު ނުވަތަ ތިމާ ކަންކަމާއި މެދު ދެކޭގޮތް ޕޮޒިޓިވް ގޮތުގައި ނަގާމީހަކަށް ވުން؛ ކަންކަމާއި މެދު ގޯސްކޮން ވިސްނުމުގެ ބަދަލުގައި ކަންކަމާއި މެދު ރަނގަޅު ގޮތުގައި ވިސްނާ މީހަކަށް ވުމަކީވެސް ވަރަށް މުހިންމުކަމެކެވެ. ތިމާ ބޭނުންވާ ލަނޑުދަޑި ހާސިލުކުރުމަށްޓަކައި ތިމާގެ ވަށައިގެން އުޅޭ ރައްޓެހިން ރަހުމަތްތެރިންދޭ ނުރަގަޅު ހިޔާލުތަކާ މުޅިން ދުރުހެލިވާށެވެ. ކުޑަ ނޯޓް ފޮތެއްގައި ނަމަވެސް ތިމާހިތަށް އަރާ ރަނގަޅު ކަންތައް ނޯޓްކުރާށެވެ. އަދި އެކަންކަން ކުރުމުން، އެކަމަކުން ތިމާ އެންމެ އުފާވާކަންތަކުގެ ލިސްޓެއް ހަދާށެވެ.
  4. މަސައްކަތާއި ގުޅޭ ދާއިރާގެ މީހުންނާއި ގުޅުން ބަދަހިކުރުން؛ މަސައްކަތާއި ގުޅޭ ދާއިރާގެ އެހެނިހެން އިދާރާތަކުގެ މީހުންނާއި ގުޅުން ބަދަހިކުރުމަކީވެސް ވަރަށް މުހިންމުކަމެކެވެ. އޭރުން ތިމާވެސް އެހީއަކަށް ބޭނުންވާ ދުވަހު އެމީހުންގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެއެވެ.
  5. ކަންކަން ކުރުމުގައި އެހެންމީހުންގެ އެހީތެރިކަން ބޭނުންވާ ވަގުތު އެހެންމީހުންގެ އެހީތެރިކަމަށް  އެދުން؛ ވަރަށް ގިނަމީހުން، އެހެންމީހުންނަށް އެކިކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އުފަލަކަށް ވެގެންދެއެވެ. ވީމާ ކަންކަމުގައި އެހެންމީހުންގެ އެހީތެރިކަން ހޯދާމީހަކަށް ވުމަކީ ވަރަށް މުހިންމުކަމެކެވެ. އޭރުން ކުރަން ބޭނުންވާ ކަމެއްކުރުމުގައި އިތުރަށް ކާމިޔާބު ވުމުގެ މަގުފަހިވެގެން ދާނެއެވެ.
  6. މަސައްކަތްކުރާއިރު އުނދަގޫ ދުވަސްވަރު އަންނާނެކަން ހަނދާންކުރުން؛ ތިމާ ހާސިލުކުރަން ބޭނުންވާ ކަމެއް ކުރަމުން ދާއިރު، އެކުރާ މަސައްކަތެއް ކުރުމުގައި، މަސައްކަތްކުރާއިރު ވަރަށް ގިނަ ވަގުތު ހޭދަކުރަންޖެހޭކަމާއި އަދި އެކަންކަން ކުރުމުގައި އުނދަގޫ ދުވަސްވަރު އަންނާނެކަން ހަނދާންކުރާށެވެ. ކަމެއް ކޮށް ނިމެންދެން އެކަމެއް ނިމެންދެން މަސައްކަތްކުރާށެވެ. އަދި ތިމާއަށް ލިބޭ ހުސްވަގުތުގައި ތިމާ ލޯބިވާ މީހުންނާއިއެކު ވަގުތު ހޭދަކުރާށެވެ.
  7. ކަމެއް ކޮށް ނިމުން އެކަމުގެ ނަތީޖާއާއި މެދު ވިސްނާއި ފިކުރުކުރުން؛ މިގޮތުން އަބަދުވެސް އެންމެ ފަހުގެ ނަތީޖާ ލިބޭއިރު އެކަމެއް ނާކާމިޔާބުވެދާނެކަމަށް ހީކުރުމުގެ ބަދަލުގައި އެކަމެއް  ކާމިޔާބުވާނެކަމަށް ހީކުރާށެވެ. ކަންކަން ކުރާއިރު ނާކާމިޔާބު ވެދާނެކަމަށް ހީކޮށް އެކަން ކުރުން އެހާ އަވަހަށް ހުއްޓާނުލާށެވެ. ހުއްޓާލުމުގެ ބަދަލުގައި އެކަމެއް ކާމިޔާބުވަންދެން ކުރުމުގައި ދެމިހުންނާށެވެ.

... މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް

Leave a Reply

Your email address will not be published. Required fields are marked *