ޑިޕްރެޝަން

ޑިޕްރެޝަންއަކީ ތަފާތު އިހުސާސްތަކުގެ ތެރެއިން ހިމެނޭކަންތައްތަކުގެ ތެރެއިން، އެކިއެކި ކަންތައްތަކާ މާބޮޑަށް ހިތާމަކުރުމާއި، ތިމާއަކީ އެއްވެސް މީހެއްނޫންކަމަށް އިހްސާސްވުމާއި، ގޯސްކޮށް ކަމެއް ހިނގުމުންވެސް އެކަމަކީ ތިމާގެ ސަބަބުން ވީކަމެއްކަމަށްދެކެ މާބޮޑަށްވިސްނުމާއި އަދި އެހެންމީހުންނާ ދޭތެރޭގައި އެއްގޮތަކަށްވެސް އަޅާނުލުން ހިމެނޭގޮތުން މީހާގެ އަމަލުތައް ބައްޓަންވެފައިވާ ހާލަތެކެވެ. ޑިޕްރެޝަން ހުންނަ މީހުން އެކިއެކި ކަންކަމުގައި ނުވަތަ މަސައްކަތުގައި އުޅޭއިރު އެ ކުރާ މަސައްކަތަކާއި އެއްވެސް ގަޔާވާ ގޮތެއް ނުހުންނާއެވެ. އަދި އެމީހުން ގިނައިން ހުންނާނީ ކޮންމެވެސް ކަމަކާއި ފިކުރުބޮޑުވެފައި، މާޔޫސްވެފައި، އެކަނިވެފައި، ކުދިކުދި ކަންތަކާވެސް ރުޅިއައިސް އަދި ތިމާއަކީ އެއްވެސް އަގެއްނެތް މީހެއްގެ ގޮތުގައި އަމިއްލަޔަށްވެސް ދެކިގެންނެވެ.

ޑިޕްރެޝަން ހުންނަ މީހުންގެ ފަރާތުން ފެންނަ ކަންތައް ތަކުގެ ތެރޭގައި ތިރީގައި މިވާ ބައެއް ކަންތައް ހިމެނެއެވެ.  

  • އަމިއްލަޔަށްވެސް ތިމާއަކީ އެއްވެސް އާރެއްބާރެއް ނެތް މީހެއްގެ ގޮތުގައި ދެކުމާއި އަދި ކުރާ ކަމެއްގައި އަބަދުވެސް ނާއުންމީދުވެފައި ހުރުން
  • ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަމުގައިވެސް، ކަންތައްތައް ކުރުމުގެ ރޫހު ގެއްލިފައިހުރުން
  • ކާހިތް ނުވުން، މާގިނައިން ކެއުން އަދި މީހާގެ ބަރުދަނަށް ބަދަލު އައުން
  • ކުއްލިއަކަށް ކަންތައް ތަކުގައި ރުޅިއައުން
  • ނިދުމުގެ އާދައަށް ބަދަލުތައް އައުން
  • މަސައްކަތް ކުރުމުގެ ހަކަތަ ގައިގައި ނެތުން
  • އެހެންމީހުންނަށް ކިތައްމެ ރަނގަޅު ކަމެއް ކަމުގައިވިޔަސް، އެކަމަކާ ދެކޮޅު ހެދުމާއި އަދި ގަޔާނުވުން
  • ކިޔާވާއިރުވެސް ނުވަތަ މަސައްކަތް ކުރާއިރުވެސް އެކުރާ ކަމަކާ ރަނގަޅަށް ވިސްނާ ފިކުރުކުރަން އުނދަގޫވުން
  • ކަންކަން ހަނދާން ކުރަން އުދަގޫވުން
  • އަމިއްލަޔަށް މަރުވާން އުޅުން
  • ބުނެދޭންވެސް ނޭނގޭގޮތަށް ތަންތަނުގައި ރިއްސާފައި ތަދުވުން
  • ކަންކަމުގައި ފަރުވާކުޑަވުން

ޑިޕްރެޝަން އަކީ ހަމައެކަނި ނަފްސާނީ މައްސަލައަކުން ދިމާވާ ކަމެއްނޫނެއެވެ. މިކަމަކީ ދިރިއުޅުމުގެ ހަޔާތަށް އަންނަ ބަދަލުތަކެއްގެ ސަބަބުން، ޖެހިފައިވާ ބައްޔަކާގުޅިގެން ކާ ބޭހެއްގެ ސަބަބުން، ނުވަތަ ތިމާއަށް ކުރާ އެހެން ބޭސްފަރުވާއެއްގެ ނުރަގަޅު ނަތީޖާއެއްގެ ގޮތުންވެސް ކުރިމަތިވެދާނެ ކަމެކެއެވެ.

... މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް

Leave a Reply

Your email address will not be published. Required fields are marked *