ކުރައިއޯތެރަޕީ / އައިސީ ތެރަޕީ

ކުރައިއޯތެރަޕީ އަކީ މައިނަސް 110  އާއި 131 ޑިގްރީ ސެލްސިއަސްގައި ގިނަވެގެން 04 މިނެޓް ވަންދެން ދޭ ފަރުވާއެކެވެ. އާންމު ގޮތެއްގައި  މި ފަރުވާ އަކީ އެކިއެކި ކުޅިވަރު ކުޅުމުގެ ތެރޭގައި ލިބޭ އަނިޔާ އަވަހަށް ފަސޭހަކުރުމަށްޓަކައި ދޭ އެއްޗެކެވެ. ދުނިޔޭގެ އެކިއެކި ގައުމުތަކުގައި، ހާއްސަ ގޮތެއްގައި ފުޓްބޯޅަ ކުޅުންތެރިންނަށް ލިބޭ އެކިއެކި ޒަހަމްތަކާއި ތަފާތު އަނިޔާތަކަށް އަވަސް ފަރުވާ ހޯދުމަށްޓަކައި މި ތެރަޕީ ބޭނުންކުރެއެވެ. މި ތެރަޕީގެ ސަބަބުން ގައިގެ ހަމުގެ ފަށަލަ ފިނިކޮށްލަދެއެވެ. އަދި ވެފައިވާ ޒަހަމް އަވަހަށް ފަސޭހަވެގެން ދެއެވެ. އަދި  ހުޅަށް ތަދުވެފައިވާ ވަނަ އެކަމުގެ ތަދު މަޑުކޮށްދިނުމުގެ އިތުރުން، ދުޅަވެފައިވާ ތަނެއް ވާނަމަ، އެތަނެއްގެ ދުޅަ މަޑުކޮށްދިނުމާއި އަދި ފައިގެ މަސްގަނޑު ހަލާކުވެ އެތަނަށް ތަދުވާނަމަ، އެތަނުގެ ތަދުވެސް ފިލުވާލަދެއެވެ.

މިތެރަޕީގެ ސަބަބުން ވާ ބައެއް ފައިދާ ތަކުގެ ތެރޭގައި ތިރީގައި މިވާ ކަންތައްތައް ހިމެނެއެވެ.

  • ހަށިގަނޑުގެ ލޭ ދައުރުވުން ރަނގަޅު ކޮށްދިނުން
  • ކެއުމަށް ބޭނުންކުރާތަކެތި އޭގެ ފުރިހަމަ ގޮތުގައި ހަޖަމު ކުރުމަށް މަގުފަހިކޮށްދިނުން
  • ހަށިގަނޑުގެ ހަމާއި އަދި މޭގައިވާ ވިހަފަދަ ތަކެތި ބޭރުކޮށްދިނުން
  • ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު ގަދަކޮށްދިނުން
  • ގެއްލުން ވެފައިވާ ސެލްއާއި އަދި ޓިޝޫފަދަ ތަކެތި އަވަހަށް ފަސޭހަ ކޮށްދިނުން
  • ދުޅަވެފައިވާ ތަންތަނުގެ ދުޅަ ވިހާވެސް އަވަހަކަށް ތިރިކޮށްދިނުން
  • ގައިގައި ރިއްސުން ރަނގަޅުކޮށްދިނުން
  • މީހާގެ ހާސްކަމާއި ކަންބޮޑުވުން ފިލުވާލުން
  • ދިގުމުއްދަތަކަށް ތަދުވެފައިވާ ތަންތަނުގެ ތަދުވުން ރަނގަޅުކޮށްދިނުން

އެހެންނަމަވެސް، މިކަމުގެ ސަބަބުން ބައެއްފަހަރު ގެއްލުނެވެސް ވެއެވެ. އޭގެތެރޭގައި ހަމުގެ ކުލަ ބަދަލުވުމާއި، އަދި ނާރުތަކުގެ ބާރުދަށްވެ، ނާރުތަކަށް އަނިޔާވުން ހިމެނެއެވެ.

... މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް

Leave a Reply

Your email address will not be published. Required fields are marked *