ކްރައި ޑު ޗެޓް ސިންޑްރޯމް

” ކްރައި ޑު ޗެޓް ސިންޑްރޯމް” އަކީ ޖެނެޓިކް ޑިސްއޯޑަރ އެކެވެ. މިކަން މެދުވެރިވާން ދިމާވާ ސަބަބަކީ ކްރޮމޮޒޯން ނަންބަރ 5 އަށް ބަދަލުތަކެއް އައުމެވެ. މިއަންނަ ބަދަލަކީ ކްރޮމޮޒޯން ނަންބަރ 5 ގެ ޕެއަރ އިން އެއް ކްރޮމޮޒޯން އިން މަތިން އެއްބައި އުނިވުމެވެ.

މިކަމުގެ ތާރީޚަށް ބަލާލާއިރު ކްރައި ޑު ޗެޓް ސިންޑްރޯމް ފުރަތަމަ ދެނެގަނެފައިވަނީ 1963 ވަނަ އަހަރު ފުރާންސްގެ ރައްޔިތެއްކަމަށްވާ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ، ޑރ. ޖެރޯމް ލެޖެޔޫން އެވެ. މި ޑިސްއޯޑަރ އަށް ކިޔާ އަނެއްނަމަކީ ” ކެޓް ކްރައި ” އެވެ. އެއީ މި ޑިސްއޯޑަރ ހުންނަ ކުދިން ބުޅަލުގެ އަޑުން ރޯތީއެވެ. މިއީ ދުނިޔެއަށް އުފަންވާ ކޮންމެ 50،000 އިން އެއްކުއްޖަކަށް ދިމާވާކަމަކެވެ. އަދި ފިރިހެން ކުދިންނަށް ވުރެ އަންހެން ކުދިން ފަރާތުން މިބަލި ފެންނަލެއް ގިނައެވެ.

ތިރީގައި މިވަނީ މިފަދަ ކުދިންގެ ފަރާތުން ފެންނަ ކަންތައްތަކެވެ.

  • 3/1 ކުދިން އުމުރުން ގާތްގަޑަކަށް ދެއަހަރު ތެރޭގައި ރުއިމުން މަހްރޫމްވުން.
  • ކާންދިނުމަށް އުނދަގޫވުން
  • ވިހާއިރު ބަރުދަން ލުއިވުން، އަދި ބަރުދަން އިތުރުވުމަށް ދުވަސްނެގުން.
  • އުޅުމުގައި އާދަޔާ ޚިލާފް އުނިކަންތައް ހުރުން.
  • ބޮޑުކަމު ދިއުމުގައި އުނދަގޫ ގޮތްތަކެއް ހުރުން.
  • ސިކުނޑި ފުރިހަމައަށް މަސައްކަތް ނުކުރުން.
  • ލޯ އާދަޔާ ޚިލާފަށް ބޮޑުވުން.
  • އަނގައިން ދަވަ ފޭބުން.
  • އަދި މީގެ އިތުރުން މޫނުގެ ސިފަ ބޮޑުވަމުން އަންނައިރު މާބޮޑަށް ބަދަލުވުމާއި، ބޮލުގެ ވަށަމިން ކުޑަވުމާއި އަދި ބައެއް ކުދިންގެ އަތުގެ އިނގިލިތައް ގުޅިފައި ހުރުންވެސް ހިމެނެއެވެ.

 މިކަމުގެ ފަރުވާ އެއްގެ ގޮތުން ހާއްޞަ ބޭހެއް ހޯދިފައި ނެތަސް މިފަދަ ޑިސްއޯޑަރ ކުރިމަތިވެފައިވާ ކުދިން މުޖުތަމައުގައި އުޅުމުގެ ޤާބިލްކަން އިތުރުކޮށް ދިނުމުގެ ގޮތުން ސްޕީޗް ތެރަޕީ، އޮކިޔުޕޭޝަން ތެރަޕީ އަދި ބިހޭވިޔަރ މޮޑިފިކޭޝަން ތެރަޕީ ދީގެން ކޮންމެވެސް ވަރަކަށް ރަގަޅު ކުރެވިދާނެއެވެ. އަދި މީގެ އިތުރުން މިފަދަ ކުދިން ތިބޭ މައިންބަފައިން އިތުރު ކުއްޖަކު ހޯދުމުގެ ކުރިން ޖެނެޓިކް ކައުންސިލިން ދިނުން ފަދަ ކަންތައް ހިމެނެއެވެ.

... މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް

Leave a Reply

Your email address will not be published. Required fields are marked *