އަމިއްލަ ނަފްސަށް ކުރާ އިތުބާރު ރަނގަޅު ކުރާނެގޮތް

އުފަލުގައި އުޅުމަކީ އަމިއްލަ ނަފުސަށް ކުރާ އިތުބާރު ބޮޑުވެގެންދާ ކަމެއް

ތިމާއަކީ އެއްވެސް އަގެއްނެތް، އެއްވެސްމީހަކު ލޯބިނުވާ، ދުނިޔޭގައި ހުރުމުގެ ބޭނުމެއްނެތް މީހެއްކަންދެކި ކަންކަމާއި މެދު ވިސްނާ ފިކުރުބޮޑުވެ، އެއްވެސް ކަމެއްކުރުމުގެ ގާބިލްމީހެއް ނޫންކަމުގައި ދެކޭނަމަ ތިމާއަކީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ދަށްމީހެއްކަމަށް ބެލެވިދާނެއެވެ. މިފަދަ ހިޔާލުތައް ސިކުޑީގައި އެބުރޭނަމަ ތިމާއަކީ ކަންކަމާމެދު ނެގެޓިވްކޮން ދެކޭމީހަކަށްވެގެންދާނެއެވެ. ތިމާއަކީ ކާމިޔާބު މީހެއްކަމުގައި ވުމަށް މަސައްކަތްކުރަން ބޭނުންނަމަ، މިފަދަ ކަންތަކުން ސަލާމަތްވެގެން ހުރުމަކީ ވަރަށް މުހިންމުކަމެކެވެ.

ތިރީގައި މިވަނީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ރަނގަޅު ކުރުމަށް ކުރެވިދާނެ ބައެއް ކަންތަކެވެ.

  1. ކޮންމެ ދުވަހަކުވެސް އުފަލުގައި ހުރުމަށް އާދަކުރުން؛ ކޮންމެ ހިދުކޮޅަކީވެސް އުފާވެރި ވަގުތަކަށް ހެދުމަށް މަސައްކަތްކުރާށެވެ. ކުރާ ކޮންމެ ކަމެއް ރަނގަޅަށް ވިސްނުންތެރިކަމާއެކު ކުރާށެވެ. ފާއިތުވެގެން ގޮސްފައިވާ ދުވަސްތަކުގައި ހިނގާފައިވާ ހިތާމަވެރި ކަންތަކާމެދު ނުވިސްނާށެވެ. އަބަދުވެސް މުސްތަގުބަލު އުޖާލާ ކުރާނެގޮތަކާމެދު ވިސްނާ ފިކުރު ކުރާށެވެ.
  2. އަމިއްލަ ނަފްސު ތަރައްގީކުރުން؛ ތިމާގެ އަމިއްލަ ނަފްސު ތަރައްގީކޮށް ދުނިޔޭގެ މާހައުލަށް ލޯހުޅުވޭ މީހަކަށްވެއްޖެނަމަ ދިމާކަންތައްތައް އެއްވެސް ޖެހެލުމެއްނެތި ހައްލުކުރަން ދަސްވާނެއެވެ. އޭރުން ކޮންމެ ކަމެއްވެސް އެންމެ ރަނގަޅަށް ފައިދާހުރިގޮތުގައި ކުރަން ދަސްވެގެންދާނެއެވެ.
  3. ތިމާ ސިކުނޑީގައި އެބުރޭ ނުތަނަވަސް ހިޔާލުތަކާއި އުދާސްތައް ފޮތެއްގައި ލިޔުން؛ ތިމާގެ ސިކުޑީގައި އެނބުރޭ ނުތަނަވަސް ހިޔާލުތަކާއި އުދާސްތައް ބޭރުކުރަން ބޭނުންނަމަ، ފޮތެއްގައި ލިޔާށެވެ. އޭރުން ތިމާއަށް ހިތްހަމަޖެހުމެއް ލިބިގެންދާނެއެވެ. މިހެން ލިޔުމުން، ސިނކުޑީގައި އެބުރޭ ނުރަނގަޅު ކަންތަކާއި ރަނގަޅު ކަންތައް ފަސޭހައިން ވަކިކުރެވޭނެއެވެ. އޭރުން ނޭދެވޭ ހިޔާލުތަކުން ދުރައްދިޔުމަށް މަގުފަހިވެގެންދާނެއެވެ.
  4. ކަންކަމަށް ފާޑުކިއުން ހުއްޓާލުން؛ ދިރިއުޅުމުގައި ދިމާވާ އަދި ކުރާ ކަންތަކާ ފާޑުކިއުމުން ދުރުވެގެން ހުރެއްޖެނަމަ، އޭގެ މާނައަކީ ތިމާގެ ދިރިއުޅުމުގައި ދިމާވާ ކާމިޔާބީ އާއި ނާކާމިޔާބީ ގަބޫލުކޮށްގެން ހުންނަކަމެވެ.
  5. ތިމާގެ އަގީދާ ވަރުގަދަކޮށް ދިނީ ކަންތަކަށް ހުރުމަތްތެރިކޮން ހިތުން؛ ތިމާއަކީ ފަރުވާތެރިކަމާއެކު ބަރާބަރަށް ނަމާދުކޮށް އިސްލާމީ ރިވެތި އަގީދާ ގަބޫލުކުރާ މީހެއްކަމުގައި ވުން
  6. އަމިއްލަ ދިރިއުޅުން ރަނގަޅު ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ހަރަކާތްތެރިވުން
  7. ތިމާއާއި ނުބެހޭ ކަންތަކާއި އަޅާނުލާ ދޫކޮށްލުން؛ ތިމާއާއި ނުބެހޭ ކަންތަކާއި އަޅާނުލާ ދޫކޮށްލާށެވެ. އަދި މީގެ އިތުރުން ތިމާ ދިރިއުޅުމުގައި ނަގާ ކޮންމެ ޑިޝިޝަނެއްވެސް ވިސްނުންތެރިކަމާއި އެކު ނަގާށެވެ.
  8. ތިމާއަކީވެސް އެހެންމީހުންގެ ލޯތްބާއި އަޅާލުން ބޭނުންވާ މީހެއްކަން ދެކިގެން މަސައްކަތްކުރުން

... މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް

Leave a Reply

Your email address will not be published. Required fields are marked *