އުމުރުން 5 އަހަރު ވުމުގެ ކުރިން ދަސްކޮށްދެންޖެހޭ ރިވެތި އާދަތައް

ކުދިންނަށް ރިވެތި އާދަ ދަސްކޮށްދެމާތޯ

ދިރާސާތަކުން ދައްކާ ގޮތުގައި ކުޑަކުދިން، އެކުދިންގެ އުމުރުން ފަސް އަހަރު ވުމުގެ ކުރިން ދަސްކުރާ ކަންތައް މުޅި އުމުރަށް ހަނދާންހުރެވެ. މިހެންވެގެން ކޮންމެ މަންމަ އެއްވެސް އެކުދިން އުމުރުން 5 އަހަރު ވުމުގެ ކުރިން ރިވެތި އާދަ އެކުދިންނަށް ދަސްކޮށްދީ އަދި އެކުދިން އެންމެ ބޮޑަށް ވިސްނަށްވީ ކަންތައް ބުނެދީ ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. މިހެން ކަންތައް ދަސްކޮށްދީ ހަދާއިރުވެސް އެކުދިންގެ އުމުރު ފުރަޔާއި ގުޅޭ ގޮތަށް ކަންތައްތައް ބުނެދީ ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ.

  1. ކެތްތެރިކަން؛ ކަންކަމުގައި ކެތްކުރަން ދަސްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮން ހުރިހާ މިޒާޖެއްގެ ކުދިންނާއެކު އުޅެން ދަސްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
  2. ތެދުވެރިކަން؛ ތުއްތު ކުދިން، އެއްކުއްޖަކާއި އަނެއްކުއްޖަކު ތޮޅެ ހަދާނެކަން ދަންނާށެވެ. ކުއްޖެއްގެ ގައިގައި ޖެހިކަމުގައި ވިޔަސް ތެދު ބަހުން އެކަންތައް ކިޔައި ދިނުމަށް ކުދިންނަށް ދަސްކޮށްދޭށެވެ. އާއިލާގެ މެންބަރުންގެ މެދުގައި މި އާދަ އަށަގަނެފައިވާނަމަ، ކުދިންނަށްވެސް މިފަދަ އާދަތަށް ފަސޭހައިން ދަސްވާގޮތްވާނެވެ. ބެލެނިވެރިންވެސް ކުދިންގެ ގާތުގައި ކަމެއް ކޮށްދިނުމަށް ވަޢުދު ވެފައިވާނަމަ ވީހާވެސް އަވަހަށް އެކަމެއް ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ކޮށްދިނުން ލަސްވެގެން ދާނަމަ ތެދު ބަހުން ކުއްޖާއަށް ވިސްނޭ ގޮތަށް އެކަމެއް ރަނގަޅަށް ބުނެދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
  3. ހިތްވަރުކުރުން؛ މިހާރަކަށް އައިސް ހުރިހާ ކަމެއްގައި ވެސް ވާދަވެރިކަން އޮވެއެވެ. ކުއްޖާ ކަމެއްގައި ފެއިލްވި ކަމުގައި ވިޔަސް އެ ކަމެއް ދޫކޮށްނުލާ ކުރަން ބޭނުންވާ ކަމެއްގައި ހިތްވަރުކޮށްގެން އެކަމެއް ކާމިޔާބު ކުރެވޭނެ ގޮތް ކުދިންނަށް ދަސްކޮށް ދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިފަދަ ކަންތައް ކުދިންނަށް ދަސްކޮށްދިނުމަށް ބޭނުންވާނަމަ ކުދިން ބުނަން ބޭނުންވާ ކަންތައް އެކުދިންގެ މައިން ބަފައިން ގާތުގައި ބުނުމުގެ ފުރުސަތު ދޭށެވެ. ކުއްޖާ ވާހަކަ ދައްކަ ދައްކާ ހުއްޓާ ނުހުއްޓުވާށެވެ. އަދި ވާހަކަ ދައްކަ ދައްކާ ހުއްޓާ، ވާހަކަ ދެއްކުން ހުއްޓާލާ ފަދަ ގޮތަކަށް ނުހޭށެވެ.
  4. ތިމާއަށްވުރެ ދުވަސްވީ މީހުންނަށް އިހުތިރާމު ކުރުން؛ ކޮންމެ މީހަކަށްވެސް އަދަބު އިހުތިރާމު އަދާކުރަން ދަސްކޮށްދިނުމަކީ ވަރަށް މުހިންމު ރިވެތި އާދައެކެވެ. މިފަދަ ރިވެތި އާދަތަށް ކުދިންނަށް ދަސްވާނީ ކުއްޖާ އާއި އެކު އުޅޭ އެހެން މީހުންގެ ފަރާތުންވެސް މިފަދަ އާދަތަށް ފެންނަނަމައެވެ. ރީތިކޮން ލޯބިން ކުދިންނަށް މުހާތަބު ކުރާށެވެ. ކުއްޖާ ބޭނުންވާ ކަންތައް ވަރަށް ވިސްނުންތެރިކަމާއެކު ވަރަށް މުހިންމު ކަމެއްދީގެން ކޮށްދެވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ.
  5. ކަމެއް ހާސިލް ކުރުމުގެ ރޫހު އަށަގަނެވުން؛ ކުއްޖާގެ ކިބައިގައި ކަމެއް ހާސިލް ކުރުމުގެ ހިތްވަރު ހުރެދާނެ ނަމަވެސް އެކަމެއް ހާސިލު ކުރުމުގެ ރޫހު ނެތިއްޔާ ކަމެއް ކުރުމަކީ ވަރަށް އުދަގޫ ކަމެކެވެ. އާކަންތައް ކުރުމަށް ކުދިންނަށް ހިތްވަރު ދީ ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. ކަމެއްގައި ފެއިލް ވިޔަސް އެކަމެއް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ހިތްވަރު ދޭށެވެ. އާކަންތައްތަކުގައި ބައިވެރި ކުރާށެވެ. އޭރުން ކުއްޖާގެ ވިސްނުން ތޫނު ފިލިވެ ކަންކަމުގައި ލޯހުޅުވި ކަންކަން ނިންމުމަށް ދަސްވެގެންދާނެވެ. މީގެ އިތުރުން، ކުއްޖާ ކަމެއް ރަނގަޅަށް ކޮށްފިނަމަ، ކުއްޖާ އެކަނި ހުންނަ ވަގުތުގައިވެސް، ތައުރީފުގެ ބަސަތަށް ބުނެލުމަކީ، ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުންވެސް އެހެން މީހުންގެ ކުރިމަތީގައިވެސް ކުއްޖާއަށް ތަޢުރީފުގެ ބަސްތައް ބުނެލާށެވެ.

... މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް

Leave a Reply

Your email address will not be published. Required fields are marked *