ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް އަސަރު ކުރާ ބައެއް ކަންތައްތައް.

ކުދިން އެކަހެރި ނުކޮށް ބައިވެރިކޮށްގެން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކޮންމެ ކުއްޖަކަވީވެސް އެންމެ ރަނގަޅު އެހާމެ ފުރިހަމަ ކުއްޖެއްގޮތުގައި ވުމަށް ބެލެނިވެރިން ބޭނުންވެއެވެ. ނަމަވެސް ބެލެނިވެރިންނަށް ކުރެވޭ ބައެއް ކަންތައްތަކުން ކުއްޖާ ފުރިހަމަ ރަނގަޅު ކުއްޖަކަށްވުމަށްޓަކައި ހުރަސްތަށް އެޅޭގޮތް ވެގެންދެވެ. މާބޮޑަށް ކުއްޖާ އާއި ހެދި އުޅުމުންވެސް ކުއްޖާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ދަށްވެގެންދެއެވެ.

ތިރީގައި މިވާ ބައެއް ކަންތައްތަކަކީ ކުއްޖާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ދައްވުމަށް ދިމާވާ ބައެއް ކަންތައްތަކެވެ.

  1. މާބާރަށް އަޑުހަރުކޮން ކުއްޖާގެ ނަމުން ގޮވުން؛ މިގޮތަށް އަޑުގަދަކޮން ކުއްޖާއަށް ގޮވީމަ ކުއްޖާ ބިރުގަނެ ކަންތައްތަކާއި ކުރިމަތިލުމަށް ޖެހެލުންވެގެންދެވެ.
  2. މާބޮޑަށް ހުޝާމަތުކުރުން؛ ކުއްޖާ ކަމެއް ކުރަން އުޅޭއިރު، އެކަމެއް ކޮށް ނުނިމެނީސް ކުއްޖާގެ ލަޔާގަތާއި ގާބިލްކަން ނެތްކަން އިގޭއިރުވެސް ކުއްޖާއަށް ހިތްވަރު ދިނުމުގެ ބަދަލުގައި މާބޮޑަށް ހުޝާމަތު ކުރުމަކީ ކުއްޖާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް އަސަރު ކުރާ ކަމެކެވެ.
  3. ކުއްޖާއަށް މާ ފަސޭހައިން ކަންތައް ކުރެވޭގޮތަށް ހުރުން؛ ކުއްޖާއަށް ބޭނުންވާ މައުލޫމާތު ދީގެން ކުއްޖާލައްވާ ކަންތައްތަށް ކުރުވާށެވެ. ކުއްޖާއަށް ކަންތައްކުރަންވީ ގޮތުގެ މަގުދައްކައި ދިނުމަކީވެސް މައްސަލައެއް ނޫނެވެ. ނަމަވެސް އެއްވެސް މަސައްކަތެއް ނުކޮށް ކުއްޖާއަށް ކަންތައް ކުރެވޭ ގޮތަށް މަސައްކަތް ހަވާލުނުކުރާށެވެ. ކުއްޖާގެ މަސައްކަތާއި ވިސްނުމާއި އެކު ކުރެވޭ ގޮތަށް ކަންތައްތަށް ހަވާލުކުރުމަކީ މުހިންމު ކަމެކެވެ.
  4. ހުރިހާކަމެއް ފުރިހަމަ ކޮށްދީފައިހުރުން؛ ގަޑުވަރެއްގައި ހުންނަ ގޮތަށް ކުއްޖާއަށް ހުރިހާކަމެއްވެސް ފުރާ ފުރިހަމަ ވެފައި ހުންނަގޮތަށް، ކޮށްދީފައި ހުރުމަކީ އެހާ ރަނގަޅު ކަމެއްނޫނެވެ. ކުދިންގެ ވިސްނުމާއި އަދި ކަންތަކާއި މެދު ކުރާ ފިކުރު އިތުރަށް ތަރައްގީ ވެގެންދާނީ ކުދިން ކަންތައް ކުރާއިރު ކުދިންނަށް ގޯސްކޮންވެސް ކަންތައް ކުރެވިގެންނެވެ. އޭރުން އެކަމަކާއި މެދު ކުއްޖާ އިތުރަށް ވިސްނާ އެކަންތައް އިތުރަށް ތަރައްގީކުރާނެ ގޮތަކާމެދު ވިސްނަށް ފަށާނެވެ.
  5. ކުދިންނަށް ދޭންޖެހޭ ވަގުތު ނުދީ އެހެނިހެން ކަންތައްތަކުގައި ބެލެނިވެރިން މަސްއޫލު ވެގެން އުޅުން؛ ކުދިންނަށްވެސް ކުއްޖާއަކީ އެކުދިންގެ މައިންބަފައިންނަށް މުހިންމު ކުއްޖެއްކަން ވިސްނޭނީ އެކުދިންނަށް ދޭންޖެހޭ ސަމާލުކަން ދީގެންނެވެ. ކުދިންނަށް ލޯބާއި އަޅާލުމަކީ ވަރަށް މުހިންމު ކަމެކެވެ.
  6. ކޮންމެ ކަމެއް ކޮންމެ ގޮތަކަށްދިޔަސް އަޅާނުލާ ދޫކޮށްލުން؛ މިގޮތަށް ހެދުމުގެ ބަދަލުގައި ކުއްޖާއަށް ކަމެއް ދިމާވެއްޖެނަމަ އެކަމެއް ވެގެން އުޅޭގޮތް ރަނގަޅަށް ބަލާށެވެ. ކުއްޖާގެ ވާހަކަތައް ކަނުލާ އަޑުއަހާށެވެ. އަދި ވަގުތުން ކަމެއް ހައްލުކުރަންޖެހޭނަމަ އެކަމެއް ހައްލު ކޮށްދޭށެވެ.
  7. ކަންކަމުގައި ނުރަނގަޅު ގޮތަށް ދެކުން؛ ކުދިން ދޭ ހިޔާލުތަކަށް އިހުތިރާމު ކުރާށެވެ. ކޮންމެ ކަމެއްވެސް އޭގެ އެންމެ ރަނގަޅު ގޮތުގައި ދެކޭށެވެ. ކަމެއްގެ ހިޔާލު ދިނުމަށް އެކަމަށް މަލާމަތް ކޮށް ނުހަދާށެވެ.

މީގެ އިތުރުންވެސް މިފަދަ ކަމެއް ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި، ބެލެނިވެރިން ކުދިން ގާތުގައި ކުރަން ބުނާ ކަންތައް ނުވަތަ ބެލެނިވެރިންގެ ފަރާތުން ކުދިންނަށް ދައްކަންޖެހޭ ނަމޫނާ ނުދެއްކުން ހިމެނެވެ.

... މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް

Leave a Reply

Your email address will not be published. Required fields are marked *